Sat, 18 January, 2020, 2:43 pm
ދިވެހިރާއްޖެ ބޮޑުތަފާތަކުން ތައިލޭންޑް އަތުން ބަލިވެއްޖެ

ރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި މިހާރު ކޭމްޕްކޮށް ފަރިތަކުރަމުންއަންނަ ދިވެހި ގައުމީ ބާސްކެޓް ބޯލް ޓީމާ ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ބައްދަލުކުރި މެޗު 99 ޕޮއިންޓް 12 ޕޮއިންޓުން ކާމިޔާބުކުރީ ތައިލެންޑްގެ އަންހެން ބާސްކެޓް ބޯލް ޓީމެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ތައިލެންޑް ޓީމުންވަނީ ވަރުގަދަޔަށް ކުޅެ 37 ޕޮއިންޓް ހޯދާފައެވެ. ތައިލޭންޑް ޓީމުން ގާތްގާތުގައި ޕޮއިންޓް ހޯދަމުން ދިޔައިރު ރާއްޖޭގެ ޓީމަށް މެޗުގެ ފުރަތަމަ ކުއާޓާގައި އެންމެ ޕޮއިންޓެއްވެސް ސްކޯރ ނުކުރެވެއެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ތައިލެންޑްގެ ޓީމުން އެންމެ ތަންކޮޅެއްވެސް ރާއްޖޭގެ ކުޅުންތެރިންނަށް ދޫނުދީ ދިޔައީ ސްކޯރ ކުރަމުންނެއެވެ. މެޗުގައި ތައިލެންޑްގެ ކުޅުންތެރިންގެ ފަރާތުންވަނީ އަވަސް ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ކުއާޓާއެކޭ އެއްގޮތަށް ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ނުލިބި ދެވަނަ ކުއާޓާ ނިމިގެން ދިޔައީ ތައިލެންޑް ޓީމުން 59 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުގެ ފަރާތުން ވަނީ ކުރީ ދެ ކުއާޓާގެ ކުޅުމަށްވުރެއް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގައި ރާއްޖޭއިން ހޯދި 12 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓްތައް ހޯދީވެސް 3 ވަނަ ކުއާޓާގައެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު ނަތީޖާއަކީ 81 ޕޮއިންޓް 7 ޕޮއިންޓްއެވެ.

މެޗުގެ ފަހު ކުއާޓާގައިވެސް ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗު ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ކާމިޔާބުކުރީ 99 ޕޮއިންޓް 12 ޕޮއިންޓްއިންނެވެ.

Leave a comment

Your email address will not be published.