• Sun, 5 July, 2020, 1:47 am

  އާމިއާ ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ޖާގަތައް އެލްޖީ އަށާއި ފެޑެރޭއަށް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ރ. އަލިފުށީގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުށި އޯލް މެމްބާސް އިންޓަގްރޭޓެޑް އެމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމު ކޮށްގެން އެރަށު ޒުވާނުންނަށް މުބާރާތް “ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖު”ގެ ޗައިނަލުގެ ޖާގަތައް އެފްސީ އެލްޖީ އާއި ފެޑެރޭ އިން ހޯދައިފިއެވެ.

  އެލްޖީ ފައިނަލުގެ ޖާގައެއް ހޯދީ އަލިފުށީ ބަނދަރު ސަރަހައްދުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަފާން ސްޕޯޓްސް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން އެލްޖީ މޮޅު 2-1ގެ ނަތީޖާއަކުންނެވެ.

  އެ މެޗުގައި އެލްޖީ އިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ އަފާން ސްޕޯޓްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ލަނޑު ކާމިޔާބުކުރީ އަހުމަދު އާދަމް އެވެ. އަފާން ސްޕޯޓްސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ޝާހިދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެލްޖީއަށް ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން އަހުމަދު އާދަމެވެ.

  ފެޑެރޭ އިން ފައިނަލުގެ ޖާގައެއް ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ވެނީލާ ސްޕޯޓްސް ބަލިކޮށްގެންނެވެ. އެ މެޗުން ފެޑެރޭ މޮޅުވީ ފަސޭހަކަމާއެކު 8-0ގެ ނަތީޖާއަކުންނެވެ.

  އެ މެޗުގައި ފެޑެރޭ އިން ޖެހި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އިބްރާހިމް ފުރުގާނެވެ. އަދި އަލީ މާއިސް އާއި އަބްދުﷲ ރަޝީދު ދެ ލަނޑު ޖެހިއިރު އަހުމަދު ވިޖުދާން ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ.

  ފެޑެރޭ އާއި އެލްޖީ ބައްދަލުކުރާ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ.

  ފައިނަލަށް ދަތުރުކުރި ދެ ޓީމުގެ ތެރެއިން އެލްޖީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިވާ ޓީމެއް ނޫނެވެ. އަދި ފެޑެރޭ ވަނީ އަފާން ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުން އެއްވަރު ވެފައެވެ. ދެ ޓީމަކީ ވެސް ދެ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދި ދެ ޓީމެވެ.

  މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 10،000 ރުފިޔާއެވެ. އޭގެ އިތުރުން މުބާރާތުގެ ފެއާ ޕުލޭ ޓީމާއި ފެއާ ޕުލޭ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

  މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ރާއްޖޭގެ ޒުވާން ހުނަރުވެރި ބޮޑުބެރު ގުރޫޕް ބިދަބިން ބޮޑުބެރު ގުރޫޕެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑެވެ. ކޯ-ސްޕޮންސަރަކީ ހޭންޑީއެވެ. މުބާރާތުގެ އިވެންޓް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑެވެ. މީޑިއާ ޕާޓްނަރަކީ ޗެނަލް 13 އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހަފްތާއެވެ. އަދި ފުޑް އެންޑް ބެވަރޭޖްސް ޕާޓްނަރަކީ ޕެޕިނޯ އެލް ކެފޭ އަދި ޓްރެވެލް ޕާޓްނަރަކީ ރަމްޒު ސްޕީޑެވެ.

  އާމިއާ އިން ބުނީ، މި މުބާރާތް ކުރިއަށް ދަނީ ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ކަމަށެވެ. އެގޮތުން މުބާރާތް ތިމާވެއްޓާ ރަހުމަތްތެރި މުބާރާތަކަށް ހެދުމަށްޓަކައި ޓީމު ތަކާއި ސަޕޯޓަރުންގެެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އާމިއާ އިން ބުނެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.