Fri, 28 February, 2020, 4:21 pm
ބެޑްމިންޓަން އެސޯސިއޭޝަން ގެ ހިންގާކޮމެޓީ ގެ އިންތިޚާބު މިމަހުގެ 24ވަނަދުވަހު ބާއްވަނީ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ބާއްވާ ޖަލްސާ މިމަހުގެ 24ވަނަ ދުވަހުގެ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ބެޑްމިންގޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ބާއްވާ ޖަލްސާ މިމަހުގެ 24ވަނަދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާއިރު އެ އެސޯސިއޭޝަންގެ ކޮންމެ މަގާމަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ.

އެސޯސިއޭޝަންގެ ރައީސްކަމަށް މިހާރުގެވެސް ރައީސް މޫސާ ނާޝިދު ކުރިމަތިލާފައިވާއިރު ނައިބް ރައީސްގެ މަގާމްއަށް ކުރިމަތިލާފައިވަނީ އަހުމަދު ޝާކިރު މޫސާއެވެ. އަދި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވާ އަހުމަދު ޝާކިރު މޫސާއަކީ މިހާރުގެވެސް ނައިބް ރައީސްއެވެ. އެސޯސިއޭޝަންގެ ހަޒާންދާރުކަމަށް ކުރިމަތިލާފައިވަނީ މުހައްމަދު ރިޝާންއެވެ.

އެގްޒެކެޓިވް ކޮމެޓީގެ ފުރިހަމަ މެންބަރުން ތަމްސީލް ކުރާ މެންބަރުކަމަށް ކުރިލަތިލާފައިވަނީ ހުސެއިން އާތިފް. އެގްޒެކްޓިވް ކޮމެޓީގެ އެސޯސިއޭޓް މެންބަރުން ތަމްޝީލުކުރާ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އަހުމަދު ސިރާޖުއެވެ. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެންބަރުން ތަމްސީލު މެންބަރުކަމަށް ކުރިމަތިލާފައިވަނީ ސިޔާދު ޙަބީބުއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެންބަރުން ތަމްސީލުކުރާ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ މުރުސިދާ އަންދުލް މައްނާންއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމަށް އެންމެ ކެންޑިޑޭޓްއެއް ކުރިމަތިލާފައިވުމުން ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ބެޑްމިންގޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ސޯޝަލްސެންޓަރުގެ ސެމިނާރު ރޫމްގައެވެ.

Leave a comment

Your email address will not be published.