Thu, 2 April, 2020, 12:55 am
ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އާއި ޗައިނާ ކުޅެންޖެހޭ މެޗު ތައިލެންޑަށް ބަދަލުކުރަނީ

ޗައިނާގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެންޖެހޭ މެޗު ނިއުޓްރަލް ގްރައުންޑަކީ ތައިލެންޑް ކަމަށް ހަމަޖައްސަން ނިންމައިފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އާއި ޗައިނާ ފުޓްބޯޅަ ފެޑަރޭޝަނުން މިހާރުދަނީ މިކަމާމެދު މަޝްވަރާކުރަމުންނެވެ. އަދި އަންނަ މަހުގެ 26ގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުޅެން އޮތް މި މެޗު އެ ގައުމުގައި ކުޅެވޭނެ ގޮތެއްނެތްނަމަ މެޗު ތައިލެންޑްގައި ކުޅެން އެގައުމާއެކު ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ.

އޭޝިޔާގެ ނުފޫޒުގަދަ ނޫސްތަކުން ބުނާގޮތުގައި މި މެޗު ތައިލެންޑްގައި ކުޅޭނަމަ އެ ގައުމުން ވަނީ ޗައިނާ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ލޭގެ ސާމްޕަލްތައް ކުރީބައިގައި ފޮނުވުމަށް އެދިފަ އެވެ. އެއީ ކޮރޯނާ ވައިރަސް ޖެހިފައިނެތްކަން ކަށަވަރުކުރުމަށެވެ.

ދުނިޔެ އަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކޮރޯނާ ވައިރަސް އުފަންވީ ޗައިނާގަ އެވެ. އަދި އެގައުމުގެ 74187ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު މިހާތަނަށް 12017 މީހުން ސީރިއަސް ހާލަތަށް ވަނީ އައިސްފައެވެ. އަދި 2006 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފަ އެވެ.

މިހެންވެ ޗައިނާގައި ބާއްވަން ހަމަޖައްސާފައިވާ ބައިނަލްއަގްވާމީ ކުޅިވަރުގެ ބައެއް މުބާރާތްތައް ވަނީ ފަސްކޮށް ނުވަތަ އެހެން ގައުމުތަކަށް ބަދަލުކޮށްފަ އެވެ. އަދި ޗައިނާގެ އެތެރޭގެ މުބާރާތްތައް ވެސް ވަނީ މުއްދަތެއްނެތި ފަސްކޮށްފަ އެވެ.

Leave a comment

Your email address will not be published.