Thu, 2 April, 2020, 1:22 am
ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ އިންޑިއާއަށް ފުރައިފި

އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންޑިއާއަށް މިއަދު ފުރައިފިއެވެ.

އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން، ބެންގަލޫރު އެފްސީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބެންގަލޫރުގެ ސްރީ ކަންޓްރީވާ ސްޓޭޑިއަމްގައެވެ.

މާލޭގައި ކުޅުނު ފުރަތަމަ ލެގުގައި މާޒިޔާ އިން ވަނީ ބެންގުލޫރު އަތުން 1-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ނަތީޖާއާއެކު ބެންގަލޫރާ އެއްވަރު ކޮށްލައިގެން ވެސް ގުރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މާޒިޔާއަށް ވަނީ ބޮޑުވެފައެވެ.

ފުރަތަމަ ލެގުގެ މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނީ، ބެންގަލޫރު އެފްސީއަކީ ދެކުނު އޭޝިއާގެ އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި އެއީ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންކަމުން މާލޭގައި ކުޅުނު މެޗުގައި ބެންގަލޫރު އަތުން މޮޅުވުމަކީ މާޒިޔާއަށް އެޑްވާންޓޭޖެއް ނޫން ކަމަށާއި ކުރަންޖެހޭ މަސައްކަތް އަދި ނުނިމޭ ކަމަށް ބުންޏެވެ.

ރާއްޖޭގެ ކުލަބަކަށް އަދި މިހާތަނަށް ބެންގަލޫރުގެ ދަނޑުގައި އެޓީމު ބަލިކުރެވިފައެއް ނުވެއެވެ. ނަމަވެސް އަންނަ ބުދަ ދުވަހު ކުޅޭ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ލިބޭނެއެވެ.

އެގްރިގޭޓުން ކުރި ހޯދާ ޓީމު ވާދަކުރަން ޖެހޭނީ އޭއެފްސީ ކަޕުގެ “ގްރޫޕު އީ”ގައެވެ. އެ ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބެވެ.

Leave a comment

Your email address will not be published.