Thu, 2 April, 2020, 1:26 am
ވަރުގަދަ ބެންގަލޫރު ބަލިކޮށް މާޒިޔާ އުއްމީދު ބޮޑުކޮށްފި

 4-4އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-3އިން އިންޑިޔާގެ ބެންގަލޫރު އެފްސީ ބަލިކޮށް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

މާޒިޔާއާއެކު ގްރޫޕް ސްޓޭޖުގައި ކުޅޭނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާއި އިންޑިޔާގެ ޗެންނާއި އެފްސީ އާއި ބަނގްލަދޭޝްގެ ބޮޝުންދުރަ ޔުނައިޓެޑެވެ.

މާޒިޔާ ބެންގަލޫރު ބަލިކުރުމަކީ ދިވެހި ޓީމުތަކަށް ލިބުނު ހާއްސަ ކާމިޔާބީއެކެވެ. މިއީ ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅެންގެން ދިވެހި ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 58 ވަނަ މިނިޓްގައި ޑެޝޯން ބްރައުން އެވެ. ނަމަވެސް 74 ވަނަ މިނިޓްގައި އިބްރާހީމް ވަހީދު (އިއްބެ) ޖެހި ގޯލާއެކު ދެ ޓީމު އެއްވަރުވި ނަމަވެސް 80 ވަނަ މިނިޓްގައި ސުނިލް ޗެތްރީ ގޯލު ޖަހައި މެޗުގެ ނަތީޖާ ބެންގަލޫރުކޮޅަށް އަނބުރާލި އެވެ. ނަމަވެސް އިތުރު ވަގުތުގައި މާޒިޔާގެ ބިދޭސީ ފޯވަޑް ސްޓެވަޓް ކޮނޯލިސް ގޯލު ޖަހައި ލީޑް ނެގި އެވެ. އެކަމަކު މެޗު އެއްވަރުވީ ފަހު ވަގުތުގައި އަނެއްކާ ވެސް ޗެތްރީ ޖެހި ގޯލުންނެވެ.

މި ދެ ޓީމު މާލޭގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1އިންނެވެ.

Leave a comment

Your email address will not be published.