Tue, 7 April, 2020, 6:11 pm
އެފްއޭ ކަޕްގެ ކުއާޓާފައިނަލަށް ޗެލްސީ ދަތުރުކޮށްފި

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ. ޗެލްސީ ކުއާރޓާފައިނަލަށް ދަތުރުކުރީ ލިވަރޕޫލް 2-0 ން ބަލިކުރުމަށްފަހުއެވެ.

މިއީ ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. އަނެއް ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވި މެޗާއި ޕްރިމިއާ ލީގުގައި މި ހަފުތާގައި ވަޓްފޯޑް އަތުން 3-0 އިން ބަލިވި މެޗެވެ.

ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ފުރަތަހާފް ގައި ރަގަޅަށް ކުޅުނީވެސް ޗެލްސީއެވެ.

އެގޮތުން މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ވިލިއަންވަނީ ކާމިޔާބުކޮށްދީފައެވެ. ވިލިއަންގެ މި ގޯލަކީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން އަތުން ހެދުނު ގޯހަކުން ވަތް ގޯލެކެވެ.އަދި ދެވަނަ ހާފްފެށުނުތަނުން ލިވަރޕޫލް އިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ރަގަޅު ދެ ފުރުސަތެއް ހޯދާފައެވެ.އެހެންނަމަވެސް ޗެލްސީގެ ގޯލްކީޕަރ ކެޕަވަނީ އެ ދެހަމަލާވެސް ނާކާމިޔާބު ކޮށްފައެވެ.

ލިވަރޕޫލަށް ލަނޑެއް ކާމިޔާބު ނުވެ އުޅެނިކޮށް މެޗުގެ 64 ވަނަ މިނެޓްގައި ރޮސް ބާކްލީ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މެޗްގެ ލީޑް އިތުރަށް ފުޅަކޮށްފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ޗެލްސީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެފައިވާތީވެ ރޭގެ މޮޅަކީ ކޯޗު ފްރޭންކް ލަމްޕާޑަށް ލިބުނު ހަމަޖެހުމެކެވެ.

Leave a comment

Your email address will not be published.