Thu, 28 May, 2020, 4:21 pm
ކޮވިޑް 19: މެލޭޝިއާގައި އިންޓަނެޓް ހިލޭކޮށް، ހަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް
5

ކުއަލަ ލަމްޕޫރު: އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެލޭޝިއާގައި ތަންފީޒު ކުރަން ފަށާ މޫވްމަންޓް އޯޑާ ކޮންޓްރޯލް ނިމެންދެން އިންޓަނެޓް ހިލޭ ކޮށްދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިން އެކަން އިއުލާން ކުރެއްވީ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބޮޑުވަޒީރު ޔާސިން ވިދާޅުވީ، ކޮވިޑް 19 އިން އަރައިގަތުމަށް 58 ބިލިއަން އެމެރިކާ ޑޮލަރުގެ އެކޮނޮމިކް ސްޓިމިއުލަސް ޕެކޭޖެއް ތައާރަފް ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އިންޓަނެޓް ހިލޭ ކުރުމަށް އެ ޕެކޭޖުގެ ތެރެއިން މުވާސަލާތީ އަދި މަލްޓިމީޑިއާ ސިނާއަތަށް 138 މިލިއަން ޑޮލަރު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ފެންވަރު ރަނގަޅު މުވާސަލާތީ ނެޓްވޯކްތަކެއް ގާއިމްކުރުމަށް ޕެކޭޖުގެ ތެރެއިން 92 މިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށް ވެސް ބޮޑުވަޒީރު ޔާސީން ވިދާޅުވިއެވެ.

ބޮޑުވަޒީރު ޔާސީން އިތުރަށް ވިދާޅުވީ އިންޓަނެޓް ހިލޭ ކޮށްދިނުމަށާއި ނެޓްވޯކްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން މަހަކު 600 ކިލޯވޮޓުން މަތީގެ ކަރަންޓު ބިލްތަކުން 15 ޕަސެންޓާއި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދިނުމަށް ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން 122 މިލިއަން ޑޮލަރު ހިމަނުއްވާފައިވާ ކަމަށެވެ.

އަދި އެ ޑިސްކައުންޓުތައް އަންނަ މަހުން ފެށިގެން ހަ މަސް ދުވަހަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.