މާލޭ މީހުންނަށް ގޯތި ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ”ބިންވެރިޔާ ސްކީމް“ ގެ ދަށުން ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރަން އަލުން ފަށައިފި އެވެ.
ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފަ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބައެއް ބިންތައްވެސް ވަނީ ހަވާލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސްއެމްއެސްގެ މެދުވެރިކޮށް ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.
އަދި މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަކުރެވޭ ނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާހު ކުރެވޭނޭ ކަމަށްވެސް ބުނެފައިވެ އެވެ.




ގުޅުންހުރި
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
64 އަހަރުގެ މީހަކަށް ޒުވާން ލޯބިވެރިޔާ ހަމަލާދީ ޒަހަމްކޮށްލައިފި
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި، ޗެއާމަންސް އެވޯޑް ޝަފީގަށް
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފި
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ