ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރާ ވާހަކަ ދެއްކީ ސަމާސާއަކަށް ކަމަށާއި ނަމަވެސ އެ ގަޅީގައި ސަރުކާރު ވަރަށް ބޮޑަށް ޖެހިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕުގެ ފަރާތުން ރައީސް މުއިއްޒު އަޒުލުކުރާ ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އެ ވާހަކަ ދެކެވުނީ ސަމާސާ ގޮތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
”އެހެންނަމަވެސް އަޅުގަނޑަށް މިހާރު އެބަ ގަބޫލުކުރެވޭ އެކަމުގެ ކަންބޮޑުވުންވެސް އޮތުމުގެ ސަބަބުން ވަރަށް ބޮޑެތި ކަންތައްތަކާ އެއްކޮށް އަޅުގަނޑުމެންގެ މެމްބަރުންތަކެއް ގެންދިއުމަށް ސަރުކާރުން ނިންމީ. އަޅުގަނޑު އަޑު އެހިން ބައެއް ޕާޓީތަކުގެ ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މެމްބަރުން ހޯދުމަށްޓަކާ އެކިއެކި އެހީތެރިކަން ބޭނުންވާ ވާހަކަ އެ ބޭފުޅުންގެ އަރިހުގައި ދެންނެވި،“ ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އެ ފާހަގަކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވާ 13 މެންބަރަކު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރެއްވި ވާހަކަ އެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ 13 މެންބަރުން ޕީއެންސީއަށް ގެންދިއުމަށް 65 މިލިއަން ރުފިޔާ ހޯއްދަވަން ބައެއް ސިޔާސީ ލީޑަރުންގެ އަރިހުގައި ރައީސް މުއިއްޒު ފައިސާއަށް އެދިވަޑައިގެންނެވި ވާހަކަ އަޑުއެއްސެވި ކަމަށެވެ. ނަމަވެސް އެކަމުގެ ހަގީގަތެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓު ހުށަހަޅާ މައްސަލަތައް ފުލުހުން ބަލަނީ
ވެރިކަން ނިމެންދެން ޔާމީން ދިޔައީ ވިލާއަށް އަނިޔާވެރިވަމުން: ގާސިމް
ދައުލަތަށް 42 އަހަރު ހިދުމަތް ކުރެއްވި އުތީމު އާދަމްބެއަށް ނިޝާން ދިޔަމިގިލީގެ
ޝަރަފުވެރިކަމުގެ އިނާމު ޝައިހް އިސްމާއިލް، މައުރޫފް އަދި މެޒޯ މުހައްމަދުގެ ހަނދާނަށް
މިނިވަންކަމުގެ ނަމުގައި ބޭނުންހާ އެއްޗެއް ލިޔެ ނުހެދޭނެ: ރައީސް
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް