އެމްޑީޕީއަށް ނިސްބަތްވާ މާލޭގެ ދެ ކައުންސިލަރަކު ވެރިކަން ހިންގާ މައި ޕާޓީ، ޕީއެންސީއަށް މިއަދު ސޮއިކޮށްފި އެވެ.
ދިވެހީންގެރާއްޖެ މައި ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ޕީއެންސީއަށް ސޮއިކުރި ދެ ކައުންސިލަރަކީ ހެންވޭރު އުތުރު ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި ގަލޮޅު މެދު ކައުންސިލަރު މަރިޔަމް ރީހާން ނާޒިމެވެ.
ރީހާންއަކީ މީގެ ކުރީން އެމްޑީޕީ ދެބައިވެ އުފެއްދި ދަ ޑިމޮކްރެޓްސްއަށް ވެސް ސޮއިކުރި ކައުންސިލަރެކެވެ.
ނަމަވެސް އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ނާއިބު ރައީސް – އަންހެންގެ މަގާމަށް ކުރިމަތިލައިގެން ލިބުނު ނާކާމިޔާބީއަށްފަހު އެ ޕާޓީން އޭނާ ވަކިވި އެވެ. އޭނާ ޑިމޮކްރެޓްސް އިން ވަކިވީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ދެ ކައުންސިލަރުން ޕީއެންސީއާ ސޮއިކުރި ފޯމް ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ