އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުންގެ ތާއީދު ހޯދުމަށް މަރުގެ އަދަބު ދޭނެ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ހުސްވި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން އިއުލާން ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
އެކަން އިއުލާން ކުރެއްވުމާއެކު މައުމޫން އެ ދުވަހުވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ނޫން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވަނީ ކީރިތި ގުރުއާންގައި ބަޔާންވެފައިވާ އެފަދަ ސާފު ސަރީޙަ އެންމެ ހުކުމްފުޅަކަށް އިންކާރު ކޮށްފި މީހަކީ ވެސް، ކީރިތި ގުރްއާނަށް ކާފަރުވެ، ﷲގެ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށް ވިދާޅުވެ، މައުމޫނަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.

ގުޅުންހުރި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ
އެމްޑީޕީގެ ރަންރީނދޫ ދުވުން ބާއްވައިފި
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ!
ގުރުއާން ހިތުދަސްކުރުމުން އެހެން އިލްމުތައް ހާސިލުކުރަން ފަސޭހަވާނެ: ރައީސް