ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބައެއް ސީނިއާ އޮފިޝަލުން އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ގެންދަނީ ބޮޑު ކެމްޕެއިނަށް ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.
އަދި އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. އޭގެ ތެރޭގައި އެކްޓިވިސްޓުންގެ ގޮތުގައި ކުރިން އުޅުނު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.
މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ ”ޖޯކަރެއް“ ކަމަށާއި ”އިޒްރޭލުގެ ޕަޕެޓް“ އެއް ކަމަށް ސިފަކޮށްފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި އޮފިޝަލުންތަކެއް ބޭރު ގައުމުތަކެއްގެ ލީޑަރުންނާ ދެކޮޅަށް ދަށު ދަރަޖައިގެ ބަހުރުވައިން މުހާތަބު ކޮށްފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ހިޔާލުތަކަކީ އެ އޮފިޝަލުންގެ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފުރަތާއި ނެގެޓިވްކަން ނުފެތުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށެވެ.
”އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭނެ,“ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި
ރައްޔިތުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާނަން: ފައްޔާޒު
1037 ބައިވެރިންނާއެކު ގައުމީ ގުރުއާން ކިޔެވުމުގެ މުބާރަތް މިރޭ ފަށަނީ
40 ބިދޭސީއަކު ފާސްކޮށް ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު އަތުލައިގަނެފި
މުޒާހަރާއަށް ނިކުތް ނޫސްވެރިންނަށް ނުހައްގުން އަނިޔާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި
އަކްރަމާއި އާރިފުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ކޯޓަށް ހުށަހަޅައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި މީޑިއާ ބިލް ތަސްދީގުކޮށްފި