ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔާމީން އައްޔަން ކުރީ، އެ މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަބްދުﷲ ރަޝީދު ވަކިކުރެއްވުމަށްފަހު އެވެ.
އެމްޑީޕީގެ އިތުރުން އެމްޓީޑީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައިވެސް ސިޔާސީ މަސައްކަތް ކުރެއްވި ޔާމީނަކީ ނ. ވަލިދޫ ދާއިރާގެ ކުރީގެ މެމްބަރެވެ. އޭނާ ވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް ވެސް ވާދަކުރައްވައިފަ އެވެ.
ޔާމީން އެންމެ ފަހުން ހުންނެވީ ދިވެހި ޗެނަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް