މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ޚިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ އެކު ސޮއިކޮށްފިއެވެ.
މިމަހުގެ 8 އިން 11 އަށް ސައުދީގެ ޖިއްދާގައި ކުރިއަށްދިޔަ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގެ ތެރެއިން މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުލް ފައްޠާޙް ބިން ސުލައިމާން މަޝާތްއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
މީގެއިތުރުން މިނާއާއި ޢަރަފާތާއި މުޒްދަލިފާގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭ އެމްއޯޔޫއެއްގައި ވެސް ސައުދީގެ ހައްޖު މިނިސްޓްރީއާއެކު ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ.
ވަޒީރު ޑރ. ޝަހީމްގެ ދަތުރުފުޅުގައި ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ރަބީޢާއާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް ދިއުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ވަޒީރު ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ. އަދި ޙައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރުކުރުމަށް ދިވެހި މީޑިއާއަށް ފުރުސަތު ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ރާއްޖެއަށް ލިބޭ 1000 ހައްޖު ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 ފަގީރުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ވަޒީރު ޑ. ޝަހީމް ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަނާއި ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އުސާމް މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި
އުމްރާ މީހުން ގެންދިޔުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000 ރުފިޔާއިން
ބަރުބަރީ މިސްކިތް ތަޅާލައި އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް
100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މިހާރު ޒަކާތު ފައިސާ ލިބޭ:
ޒަކާތު ފަންޑުން ގާޒާއަށް އެއް ލައްކަ ޑޮލަރުގެ އެހީ ދެނީ!
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނޯވޭ: ޝަހީމް