ނޮވެމްބަރ 21, 2024

މަޖިލިސް އިންތިޚާބުގައި 284،000 އަށް ވުރެ ގިނަމީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވޭ: އީސީ

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި  އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވާއިރު އޭގެތެރޭގައި 139،165 އަންހެނުންނާއި، 145،162 ފިރިހެނުންހިމެނޭކަމަށް އިލެކްޝަން ކޮމިޝަން(އީސީ)ން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި އިލެކްޝަނ ކޮމިޝަނުން ކަނޑައަޅާފައިވަނީ މިއަހަރުގެ މާރިޗްމަހުގެ 17ވަނަ ދުވަހެއެވެ. އެދުވަސް ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން އިންތިޚާބު ބާއްވާ ތާރީޚު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ދާ މީހުންގެ އަދަދުވެސް ވަރަށްބޮޑަށް މަދުވާނެ ކަމަށާއި ކިއުގައި ތިބެންޖެހުމުން ދަތިވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންގެދާކަމަށް އީސީންވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވާ އިރު އޭގެތެރޭގައި 139،165 އަންހެނުންނާއި، 145،162 ފިރިހެނުންހިމެނެއެވެ.

އީސީން ބުނެފައިވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ބެހެއްޓި ވޯޓްފޮށިތަކަށް ވުރެ އިތުރަށް މަޖިލިސް އިންތިހާބުގައި ވޯޓްފޮށި ބަހައްޓަން ނިންމާފައިވާކަމަށާއި،އެގޮތަށް އެކަން ކުރަން ނިންމާފައިވަނީ އިންތިހާބު ބާއްވަން އޮތީ ރޯދަ މަހަށްވުން ވޯޓްލުން ވީހާ ވެސް ފަސޭހަކޮށް، އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

އީސީން ފާހަގަކޮށްފައިވާ ގޮތުގައި ވޯޓްފޮށިތަކުގެ އަދަދު ގިނަކޮށް، ކޮންމެ ފޮއްޓަކަށް ވޯޓްލާ މީހުންގެ އަދަދު މަދުކުރުމުން އިންތިހާބުގެ ކަންކަން އަވަސްވެގެން ދާނެ އެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނީ 500-600 އާ ދެމެދުގެ މީހުން ކަމަށް ވެސް އީސީން ބުންޏެވެ.

ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓު އޮފީހެއް ހުންނަ، އަދި މަދުވެގެން 150 މީހުން ރެޖިސްޓްރީކުރާ ގައުމުތަކުގައި ކަމަށެވެ. މީގެ އިތުރުން މަދުވެގެން 30 މީހުން ރެޖިސްޓްރީކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ހަދަމުން އަންނަ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.