މިއަހަރުގެ މިހާތަނަށް ރާއްޖޭގައި 19 މީހަކަށް އިންފްލުއެންޒާ ޖެހިފައިވާ އިރު އެ ބަލީގައި އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފާއިތުވި ހަތަރު މަސް ތެރޭގައި އިންފްލުއެންޒާގެ 154 ކޭސް ރާއްޖެއިން ފެނިފައިވާކަމަށެވެ. އެގޮތުން އެންމެ ގިނައިން ރާއްޖެއިން ފެނިފައިވަނީ އިންފްލުއެންޒާ އޭގެ H1N1 އެވެ. އިންފްލުއެންޒާ ޖެހުމުގެ ސަބަބުން ނިއުމޯނިއާ އަށް ހުށަހެޅުނު ތިން މީހަކަށް މިހާރު އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވެއެވެ. އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H1N1, H3N2 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ H3N2 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 8 މީހުންނެވެ. އަދި މިހާތަނަށް އެކަކު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާއިތުވި ދެމަހުގެ ތަފާސް ހިސާބަށް ބަލާއިރު އިންފުލުއެންޒާއަށް 24 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ނޮވެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 9 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 10 މީހުން ހިމެނެއެވެ. އަދި އެމަހު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ.
ގުޅުންހުރި
ގުޅީގައި ފާނަބަސަންދު ފެތުރެނީ، މި މަހު 11 މީހަކަށް ބަލި ޖެހިއްޖެ،
ގަވާއިދާހިލާފަށް ދުންފަތް އެތެރެކޮށްފިނަމަ ނައްތާލުމުގެ ހަރަދު ދޭން ޖެހޭނެ!
ޑެންގީ ފަދަ ގައިންގަޔަށް އަރާ ބަލިތައް އިތުރުވަނީ، އީދު ޗުއްޓީގައި ސަމާލުވާތި!
ސިނގިރޭޓު އިމްޕޯޓު ކުރަން އަހަރަކު 1.8 ބިލިއަން ރުފިޔާ، ފަރުވާއަށް ވެސް
މިދިޔަ ހަފުތާތެރޭ ޗިކުންގުންޔާ ޖެހިގެން 117 ކޭސް، އެއީ ދުވާލަކު 16
ޗިކުންގުންޔާ އަދިވެސް ކޮންޓްރޯލެއް ނުވޭ، މިހާތަނަށް 134 ކޭސް ފެނިއްޖެ!