ހއ. ދިއްދޫ ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ވަޒީފާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އެކަމާ އިޖްތިޖާޖް ކޮށްފައިވާއިރު، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އެކަމަށް ޖަވާބު ދެއްވައިފިއެވެ.
ދިއްދޫ ފެނަކަ ބްރާންޗްގެ 70 މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމާފައި ވާތީ އެ މުވައްޒަފުން މިއަދު ވަނީ އިހްތިޖާޖްކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި މުއާޒު ވިދާޅުވީ އެ މުވައްޒަފުން ކުރަމުންދިޔަ މަސައްކަތް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. އެ މުވައްޒަފުންގެ މުސާރައަށް މަހަކު 23 މިލިއަން ހޭދަވާ ކަމަށް މުއާޒު ވިދާޅުވިއެވެ.
”މި ވަގުތު ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތުމުން ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރުމަށް ވަނީ ނިންމާފައި،“ މުއާޒް ވިދާޅުވިއެވެ.
ދިއްދޫގައި މިއަދު އެ އިހްތިޖާޖް ކުރީ އެކި ލިޔުންތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެއެވެ. އިހްތިޖާޖުކުރި މުވައްޒަފުން ބުނީ އެ މީހުން ވަޒީފާއިން ވަކިކުރުމުން 50 އާއިލާއެއް މަގުމަތިވާނެ ކަމަށެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް އެ މުވައްޒަފުން ވަނީ ގޮވާލައިފައެވެ.
ފެނަކައިގެ އެމްޑީ މުއާޒު މީގެކުރިން ވިދާޅުވެފައި ވަނީ އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ފެނަކައިގައި މުވައްޒަފުން އެބަތިބި ކަމަށާއި ކުންފުނި ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ކުންފުނި ސަލާމަތް ކުރެވެން އޮތީ މުސާރައަށް ކުރާ ހަރަދު ކުޑަކޮށްގެން ކަމަށެވެ.


 
					

ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން: