ކުރީގެ ރައީސް އަބްދުالله ޔާމީން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ހަޖަމުނުވެގެން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު އެހެން ވިދާޅުވީ, ރަސްމާލޭގައި މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން އަބޫ ދާބީގެ މަޝްހޫރު ކުންފުނި, އީގަލް ހިލްސްއަށް 99 އަހަރަށް ދިން މަޝްރޫއުއަކީ ގާނޫނާއި ހިލާފު މަޝްރޫއެއް ކަމަށާއި ދެން އަންނަ ސަރުކާރަކުން އެ ބަލައިގަންނަން ނުޖެހޭ ކަމަށް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.
ފަލާހު ވިދާޅުވީ, ރަސްމާލެ ޕްރޮޖެކްޓަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި އެއީ ބޭކާރު ހަރަދެއް ކަމަށް ޔާމީން ކުރިން ވިދާޅުވި ނަމަވެސް އެތަނުގައި އީގަލް ހިލްސް އިން ފަށަން އުޅޭ މަޝްރޫއުއަކީ ރާއްޖޭގައި ދުވަހަކުވެސް ހިންގާފައިނުވާފަދަ ބިޔަ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.
”މި ގައުމުގައި ދުވަހަކުވެސް ހިންގާފައި ނުވާފަދަ ބިޔަބޮޑު ޕްރޮޖެކްޓެއް ފައްޓަން ނިންމުމުން ޔާމީނު މޭކަރާ ލޮލަށް ނިދިނައިސްގެން ތި އުޅެނީ މި ގައުމާއި ރައްޔިތުންނަށް ޔާމީނުގެ ހިތުގައި އެއްވެސް ކުލުނެއް ނެތީމަ ތިކަހަލަ ގައުމުގެ ހަޒާނާ ކާލައިގެން ހުރި މީހަކަށް ދެންވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ,“ ފަލާހު ވިދާޅުވި އެވެ.


