މާލޭ ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށްޓަކައި އެމްޓީސީސީއާއި އެކު ސްޓެލްކޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.
ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމުކުރުމަށް 7.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި ރާވާފައިވަނީ 60 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ކަމަށެވެ. ނަމަވެސް، މިހާތަނަށް މި މަސައްކަތުގެ އީއައިއޭއަށް އެޕްރޫވަލްއެއް ނުލިބެ އެވެ. ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރަމުންދާއިރު މިހާރު ދެމުންދާ ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ދުރައިލާ ޕްލޭންތަކެއް ރާވައިގެން ކުރިޔަށްގެންދާނެ ކަމަށްވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި، އެންމެ ފުރަތަމަ މަސައްކަތާ ގުޅޭ ސާވޭ ހަދަން ޖެހޭ ކަމަށެވެ. އެ ސާވޭ އަށް ފަހު ޝީޓްޕައިލްކޮށް ޕްލެޓްފޯމެއް ހަދާނެ ކަމަށާއި އެއަށް ފަހު ސްޓްރަކްޗާ ހަދައި މެޝިނަރީތައް ބަދަލު ކުރަން ފަށާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.


ގުޅުންހުރި
ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ސިފައިންގެ ވެލްފެއާ ކުންފުންޏާއެކު އެއްބަސްވުމަކަށް
ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ޣައްޒާއަށް 260،800ރ. އެއްކޮށްފި
މިފަހަރު ”ޓްރާންސްފޯމަރު ވަގު“ ވައްކަންކުރަން ވަނީ ކެމެރާ ވެސް ހުއްޓާ!
ސްޓެލްކޯ ކްލަބުން މުވައްޒަފުންގެ އަހުލާގު އަލުން ހިފަހައްޓައިދިނުމަށް ފަހުމީ އެދިވަޑައިގެންފި
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި
ވިއްސާރައާ ގުޅިގެން ސްޓެލްކޯ އިން ޓާސްކުފޯހެއް އެކުލަވާލައި ތައްޔާރުވެއްޖެ