ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ މަސް ފުރިފައިވާއިރު، ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 81 މަގާމު އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 122 މަގާމު އުފައްދާފައިވާކަން ރައީސް އޮފީހުގައި ވެބްސައިޓުގައިވާ މައުލޫމާތުތަކުން އެނގިއްޖެ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެކުރިން ބޭފުޅުން އައްޔަން ކުރުމަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ބޭފުޅުންގެ ނަންްތަކާއި އެޑްރެސް އަދި އައްޔަން ކުރި މިނިސްޓްރީ އެގޭނެހެން ހާމަކުރަމުންދިޔަ ނަމަވެސް މި ސަރުކާރުން މިފަހުން އެފަދަ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުގައި 93 ސްޓޭޓް މިނިސްޓަރުން އަދި 162 ޑެޕިއުޓީ މިނިސްޓަރުން ވަނީ އައްޔަންކޮށްފަ އެވެ.
ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ހިމަނާފައިވާނެ އެެވެ.
93 ސްޓޭޓް މިނިސްޓަރުންގެ މުސާރައިގެ ތަފުސީލު:
- މުސާރަ – 47,000ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު – 4،371،000ރ.
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު – 52,452,000ރ.
162 ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައިގެ ތަފުސީލު:
- މުސާރަ – 35,000ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު – 5،670،000ރ.
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު – 68,040,000ރ.
ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާއިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އެމަނިކުފާނު ވަނީ 24 ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ. އޭގެ ތެރެއިން ދެ ބޭފުޅުން އައްޔަންކުރެއްވީ މުސާރަ ނުލިބޭ ގޮތަށެވެ. އެއީ ރައީސަށް ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާއިން ލަފާ ދެއްވުމަށް އައްޔަނުކުރި ދެ އެޑްވައިޒަރުންނެވެ.
މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތްތަކާ އެއްކޮށް 66,000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1،386،000ރ. ހޭދަވާނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 16,632,000ރ. އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް