ރާއްޖެ ނަމޫނާއަކަށް ބަލައިގެން ތައިލެންޑުގެ ފުރަތަމަ ސީ ޕްލޭން ޓާމިނަލް ފުކެޓް އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަން ނިންމައިފި އެވެ.
އެއާޕޯޓްސް އޮފް ތައިލެންޑާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ދަ ނޭޝަންގައި ބުނެފައިވަނީ، އައްސޭރިފަށުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ހަދާ އެ ސީޕްލޭން ޓާމިނަލްގެ ދިރާސާތައް މި އަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށެވެ.
އަދި ޓާމިނަލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ބުނެފައިވެ އެވެ.
އެއާޕޯޓްސް އޮފް ތައިލެންޑްގެ ޗެއާމަން ވިސަނޫ ވިދާޅުވި ގޮތުގައި، ޕަންގްގާ ޕްރޮވިންސް އާއި ގަލްފް އޮފް ތައިލެންޑްގެ ސަމުއި އައިލެންޑަކީވެސް ސީ ޕްލޭން ޓާމިނަލްތަކެއް އެޅުމަށް އެކަށީގެންވާ ތަނެއް ކަމަށެވެ.
އަދި ފުކެޓް އެއާޕޯޓުގައި ހަދާ ސީ ޕްލޭން ޓާމިނަލް އާއެކު ފުކެޓާއި ސަމުއީ، ޕަޓާޔާ އަދި ހުއާ ހިން ފަދަ ގަލްފް ރިސޯޓްސްއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
އިންޑިއާގައި މާބަނޑު މީހަކު ރޭޕްކޮށްފި، ކުށްކުރީ ފުލުހެއް!
އަވަސް ފަރުވާ ދިނުމަށް މަސްޖިދުލް ނަބަވީގައި އެމްބިއުލާންސް ސްކޫޓަރުގެ ހިދުމަތް ތައާރަފުކޮށްފި
އެޑޮޕްޓް ކުރި ދެ އަހަރުގެ ކުއްޖާއަށް އަނިޔާކޮށް މަރާލި ދެމަފިރިއަކަށް މަރުގެ
މީހަކު މަރާލި އިންޑިއާ ދެ މީހަކަށް ޔޫއޭއީގައި މަރުގެ އަދަބު ދީފި
އިންޑިއާގައި 7 މަހުގެ ތުއްތު ކުއްޖަކު ރޭޕްކުރި މީހަކު ދަންޖައްސައި މަރަން
މި އަހަރުގެ ރޯދަ މަހު ސައުދީން 102 ގައުމަކަށް 700 ޓަނުގެ