ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމަށް (ޕަޓޫސިސް އަށް) ގއ. ވިލިނގިލިން މި މަހު ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުދިން މި ބައްޔަށް ޕޮޒިޓިވް ވުމުން އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ.
އަދި އެ ބައްޔަށް ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް ވެސް ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ވެސް ބޭސް ދީފައިވާ ކަމަށެވެ.
އަދި އެ ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން އަންނަނީ ކުރަމުންނެވެ.
ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދެ އެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމަތްތައް ފެނިދާނެ އެވެ.
ކުއްލިކުއްލިއަށް ކެއްސުމާއި ކެއްސުމަށް ފަހު ހޮޑުލެވުމާއި ބައެއް ކުދިން ކެއްސުމަށް ފަހު ނޭވާލާއިރު، އަޑެއް (ހޯއް ގޮވުން) އިވެ އެވެ. އަދި ތުއްތު ކުދިން ކެއްސުމުގެ ބަދަލުގައި ދޭތެރެދޭތެރެއިން ވަގުތުކޮޅަކަށް ނޭވާ ހުއްޓާލަފާނެ އެވެ.

ގުޅުންހުރި
އިޒްރޭލުގެ އަނިޔާވެރިކަން އަލުން ފެށުން: ޝަހީދުވި މީހުންގެ އަދަދު 400 އަށް،
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް