އަރަބި އިސްލާމީ ތައުލީމް ކިޔަވައިދޭ ބައިނަލްއަގްވާމީ ފެންވަރުގެ ސްކޫލެއް ހުޅުމާލޭގައި ގާއިމް ކުރުމަށްޓަކައި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން އިއްޔެ ހަވާލުކޮށްފިއެވެ.
އެޗްޑީސީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަލީ އަޙްސަނެވެ.
އެޗްޑީސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މިސްކިތް ތަރައްޤީކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށްކަމަށެވެ.
މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ. އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތަޢުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްޤީކުރާނެކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީއިން ބުނީ މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. އަދި މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހިގެންދާނެކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.
މި ސްކޫލްގައި ކިޔަވައިދޭން ފެށުމުން މާލެ ސަރަހައްދުގެ ކުދިންނަށް ފަސޭހަކަމާއެކު އިސްލާމީ ތައުލީމު އުނގެނުމުގެ މަގު ފަހުވާނެއެވެ. އަދި މިހާރަށްވުރެ ތައުލީމީ ދަރިންތަކެއް މި ސްކޫލްގެ ހިޔާވަހިކަމުގެ ސަބަބުން ބިނާކުރެވި، އެތަކެއް މައިންނާއި ބަފައިންނަށް ހިނިތުންވުން ގެނެސްދޭނެއެވެ.




ގުޅުންހުރި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި