ކެންސަރު ބަލީގައި 2022 ވަނަ އަހަރު މަރުވި އަހުމަދު އަލީމްގެ ހަނދާނުގައި އޭނާގެ އާއިލާ އިން ގާއިމުކޮށްފައިވާ ފައުންޑޭޝަނުން ހުޅުމާލޭގައި މިސްކިތެއް ހެދުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއެކު މިއަދު ސޮއިކޮށްފި އެވެ.
ބައިލް ޑަކްޓް ކެންސަރުގައި އަލީމް މަރުވީ 15 އޭޕްރިލް 2022ގަ އެވެ. އަލީމްގެ ހަނދާނުގައި ”އަލީމް ފައުންޑޭޝަން“ އުފައްދައި އޭނާގެ އާއިލާ އިން ވަނީ، އަލީމްގެ ދެމަފިރިން ދިރިއުޅުން ބިނާކުރި އޮސްޓްރޭލިއާގެ ޕާތުގައި މިސްކިތެއް އެޅުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށައިފަ އެވެ. އެކަމަށް ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރުމަށް އަމިއްލަ ތިން ފަރާތަކާ އެކު މިއަދު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އަލީމް ފައުންޑޭޝަނުގެ އިތުރުން ދެން ހިމެނެނީ ލީސާ ލޯމްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަނެވެ.
އޭގެ ތެރެއިން އަލީމް ފައުންޑޭޝަނާއި ލީސާ މޯލްޑިވްސް އިން މިސްކިތް ބިނާކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދާނީ މާލޭ ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރުމުގެ މަސައްކަތެވެ. އެކި ފިޔަވަހިތަކަށް ބަލާހައިގެން އަޅާ އެ މިސްކިތްތަކަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ.


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު