ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ދެއްވައިފިއެވެ.
މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ ރިސޯޓުތަކުގައި މިއުޒިކާއި ތަފާތު ހުނަރު ދެއްކުމަށް ބޭރުން މީހުން ގެނައުމަށް ވިސާ ދޫކޮށްދިނުމަށް އެދި އެ މިނިސްޓްރީއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހެޅުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާކޮށް ރައީސް މުއިއްޒުގެ ލަފާފުޅާއެކު އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
މަޓީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުމުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޑިމާންޑާ އެއްވަރަށް ދިވެހި ފަންނާނުން ނުލިބޭ ކަމަށެވެ. ދިވެހި މިއުޒީޝަނުންނާއި މުނިފޫހިފިލުވައިދޭ މީހުންނަކީ ގާތްގަނޑަކަށް ނެތް ބައެއް ކަމަށް ވެސް، މަޓީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ގުޅުންހުރި
1.88 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރުގެ ރެކޯޑް މުގުރާލައި އާ ރެކޯޑެއް!
ފަތުރުވެރިކަން ނެތް ސަރަހައްދުތަށް ތަރައްގީ ކުރުމަށް، 200 މިލިޔަން ރުފިޔާ ދޫކުރަނީ
ހަނިމާދޫ އެއާޕޯޓް ނިމޭއިރަށް ހދ. އަތޮޅުގައި 4،000 އެނދު ތަރައްގީކުރަނީ
ޒުވާނުން ޓޫރިޒަމަށް ނުކުމެ، ހަތަރު ވަރަކަށް ރިސޯޓް ހިންގާތަން ދެކުމަކީ ހުވަފެނެއް:
އަބްދުއްރަހީމް، ފައިސަލް އަށް: ދަރިފުޅާމެދު މިއަދު ފަހުރުވެރިވޭ، ހިތްވަރާއެކު ކޮންމެ ޒިންމާއެއް
ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން މިހާރު މަސައްކަތް ފަށަންޖެހޭ: ފައިސަލް