ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ މުހިންމު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން އާ ސަހަރެއް ހެދުމަކީ އެ މަނިކުފާނުވެސް ގެންގުޅުއްވި ވިސްނުންފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީންގެ އާ ޕާޓީ، ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ސުވާލު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ނެތުން ކަމަށެވެ.
އެކަން ހައްލުކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުއަށް އެއްވެސް އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
”ރަސްމާލޭގެ ނަމުގައި މަޝްރޫއެއް ފެށިގެން އެބަދޭ. އެއަކަށް އެއްޗެއް ދަންނަވާކަށް ނޫން. އެއީ، އަޅުގަނޑު ވެސް ހަމަ ހިޔާލުކޮށްފައި އޮތް މަޝްރޫއެއް. އެހެން ނަމަވެސް އަޅުގަނޑުގެ ހިޔާލުގައި އޭރު އޮތީކީއެއް ހުރިހާ ކަމެއް ހުއްޓާފައި އެކަން ކުރުމެއް ނޫން. އަދި އެއަށް ކޮމެންޓެއް ކުރަނީއެއް ނޫން،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ބައިވަރު ހުސްބިންތައް އެބަހުރި ކަމަށާއި ބިންތައް އިތުރުކުރެވޭނެ ގޮތްތައްވެސް އެބަހުރި ކަމަށެވެ. އަދި 25 ބުރިއަށްވުރެ އުސްކޮށް މާލޭގައި އިމާރާތް ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންވެ، ޔާމީން ވަނީ ސަރުކާރަށް އެންމެ ހަރަދު ކުޑަވާނީ މުޅިން އާ ސަހަރެއް ހިއްކައިގެން އެ ތަނުގައި މީހުން އާބާދުކުރަންތޯ ނޫނީ މިހާރު ވެސް ހުޅުމާލެއާއި މާލޭގައި ހުރި ބިންތަކުގައި އުސްކޮށް އިމާރާތްކުރުންތޯ ސުވާލު އުފައްދަވައިފަ އެވެ.

ގުޅުންހުރި
ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު: ބޮޑުތަކުރުފާނު މަގުގައި ހައި ވޮލްޓޭޖް ހޮޅި
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
ކޮލަމާފުއްޓާއި ވިލިނގިލި އަދި ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި