މާލޭގެ ގެއެއްގައި ގޭސް ލީކުމުގެ ހާދިސާއެއް ހިނގައި އަންހެނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ ގެއެއްގައި ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި އޮތްކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ކަމަށާއި އެ ހާދިސާގައި ހާލު ދެރަވެގެން ދެ އަންހެނަކު އައިޖީއެމްއެޗަށް ގެންދިޔައިރު، އެތަނުން އެކަކު މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވީ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު، 51، އެވެ.
މި ހާދިސާގައި ހާލު ދެރަވި 19 އަހަރުގެ އަންހެނަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.


