މަރުވެ ގިނަ ދުވަސް ވެފައިވާ މީހަކު މާލެއިން ފެނިއްޖެއެވެ.
އެ މީހާ ފެނިފައިވަނީ ކުރިކީލަ މަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ.
ފުލުހުންގެ ފޮރެންސިކް ޓީމެއް ވެސް ދަނީ އެ މީހާ މަރުވެފައި އޮތް ތަނުގައި ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ މަރުވެފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
އެ މީހާ މަރުވެފައި އޮތް ގެ ހިމެނޭ ސަރަހައްދުން ކުނިވަސް ވެސް ދުވައެވެ. މި މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ.


