މެޑިކަލް އެވަކުއޭޝަނާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ކެބިނެޓުން ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވާދަވެރި ބީލަމަކުން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑާއަކުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހުޅުވާލުން ކަމަށެވެ.
އެގޮތަށް ބީލަން ކާމިޔާބުކުރާ ފަރާތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓް ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ހަވާލުކުރުމަށާއި އެ މަސައްކަތްކުރާ ފަރާތްތަކަށް ހަ އަހަރާއި ހަތް އަހަރުގެ އެކްސްކްލުސިވިޓީއެއް ދިނުމަށްވެސް ކެބިނެޓުން ނިންމެވި ކަމަށް ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުން ކުރަން ނިންމާފައިވަނީ ދެ އިންޖީނުލީ ހެލިކޮޕްޓަރެއް ކަމަށެވެ. އަދި ހެލިކޮޕްޓަރު ދުއްވުމުގެ ތަޖުރިބާކާރުން ހޯދުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހެލިކޮޕްޓަރަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމާއި އިތުރު ސަރަހައްދުތަކެއްގައި ހެލިޕޯޓެއް ހަދަންޖެހޭނަމަ އެކަން ކުރުމަށް ވެސް ކެބިނެޓުން ނިންމެވި ކަމަށް ވިދާޅުވި އެވެ
މެޑިވެކް އަދި ސާޗް އެންޑް ރެސްކިއުގައި ބޭނުންކުރުމަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި މިހާރު ވެސް ޑޯނިއާ މަތިންދާ ބޯޓަކާއި ދެ ހެލިކޮޕްޓަރެއް އެބަ އޮތެވެ. ނަމަވެސް އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތާއެކު، އެ އުޅަނދުތައް ބޭނުން ނުކުރާން ސަރުކާރުން ވަނީ ނިންމައިފަ އެވެ.




ގުޅުންހުރި
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ރަސްމާލެ ހިއްކުން: ހަފުތާއެއް ތެރޭ ސައިޓް އޭގެ 18 ހެކްޓަރު ހިއްކައިފި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި