ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހުގެ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.
ސަރުކާރުގެ ބަޖެޓުން 60.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 10، 2019 ގަ އެވެ.
އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 78 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތް:
- 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
- 14,412 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ހާބަރު ބޭސިން ފުންކުރުން
- 6,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުން
- 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 414 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- ކޮންކްރީޓް ރޭމްޕެއް ހެދުން
- 2,291 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން
- ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުން



