ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ލީޑަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސްގައި އިންތިޚާބުކުރި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހުވާ ކުރެއްވުމުގެ ދަރުބާރުގައި ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮންގްރެސްގެ ލީޑަރޝިޕަށް އައްޔަނުކުރެއްވި 10 ބޭފުޅުންގެ ނަން ވަނީ އިޢުލާނު ކުރައްވާފަ އެވެ.
ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އައްޔަނު ކުރެއްވީ ވަޒީރުންެގެ މަޖިލީހުގެ ތިން މެންބަރަކާއި ވަޒީރުންގެ ފެންވަރުގެ ތިން ބޭފުޅަކާއި ސަފީރެއްގެ އިތުރުން ކުންފުނިތަކުގެ އެމްޑީގެ ގޮތުގައި ތިއްބެވި ތިން ބޭފުޅެކެވެ.
އެ ބޭފުޅުންނަކީ:
- ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
- ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިފް
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
- ހެލްތް މިނިސްޓަރު ގީލާ އަލީ
- އިންފްރާސްޓްރަކްޗާ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮ ޓާޝަރީ ހެލްތު ސާވިސަސް މުހައްމަދު ތަލާލް
- މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް
- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު
- އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް


