ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ 1.9 މިލިއަން މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓާ ޔޫސުފް ލޫތު ވިދާޅުވީ ފީފާއިން އެފްއޭއެމްއަށް ޖަމާކުރި 10،000 ޑޮލަރު އެފްއޭއެމްގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އަދި ފައިސާ ޖަމާވި މީހާގެ އެ ފައިސާ އަމިއްލައަށް ބޭނުންކޮށް އޭގެ މަންފާ ހޯދައި، އެ ބޭނުންކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާތީ އެކަން ތަހުގީގުކުރުމަށްފަހު، ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
”ހަމައެއާއެކު ކޮވިޑާ ގުޅިގެން އެފްއޭއެމަށް ޖަމާކުރި 1.9 މިލިއަން ޔޫއެސް ޑޮލަރާ ގުޅުންހުރި މައްސަލައެއް ވެސް އަޅުގަނޑުމެން މިދަނީ ތަހުގީގުކުރަމުން. އެ ޓްރާންސެކްޝަނާ ގުޅުންހުރި ވަރަށް ބޮޑު ބައެއްގެ ތަހުގީގު މިހާރު ވަނީ ފުރިހަމަކުރެވިފައި،“ އޭނާ ވިދާޅުވި އެވެ.
ލޫތު ވިދާޅުވީ އެ މައްސަލައާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކޮށް، ޑޮކިއުމެންޓަރީ ހެއްކާއި އަދި އިލެކްޓްރޯނިކް ބައެއް ޑިވައިސްތައް ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި