ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިއްޔެ ހަމަލާ ދިނީ، އޭނާއަށް ފުލުހުން ފޯރުކޮށްދެމުންދިޔަ ސެކިއުރިޓީ ހުއްޓާލާފައި އޮއްވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަމީމަށް އިއްޔެ ހެނދުނު ހަމަލާ ދިނީ ސައިކަލެއްގައި އައި، މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. އެ ހަމަލާގައި ޝަހީމުގެ ވާތް އަތުގައި ރެނދުލާފައިވާއިރު އޭޑީކޭގައި ފަރުވާ ދިނުމަށްފަހު އިއްޔެ ހަވީރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. ނަމަވެސް ސިފައިން ވަނީ ޝަމީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހަމަލާ ދިންއިރު، ތިބީ މޫނު ނިވާކޮށްގެން ކަމަށާއި މިއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށްވެސް ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އިތުރު މާބޮޑު ތަފުސީލެއް ނުދެ އެވެ.
ޝުޖާއު ވިދާޅުވީ، ކޯޓުގައި ކުރިން ހިނގަމުންދިޔަ މައްސަލައަކާ ގުޅިގެން ފުލުހުން ހެދި ތްރެޓު އެސެސްމެންޓެއްގައި ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ކަމަށް ފެނުމުން ކުރިން އޭނާއަށް ސެކިއުރިޓީ ދިން ކަމަށެވެ. ނަމަވެސް އެ މައްސަލައަށްފަހު ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.
”އެހެންވީމާ އެގޮތަށް ދިޔަ ދުވަސްވަރެއްގައި މި ހާދިސާ ހިނގާފައިވަނީ،“ ޝުޖާއު ވިދާޅުވި އެވެ.

ގުޅުންހުރި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ޝަމްއާއިން ދެންތިބި މީހުންގެ ޝަރީއަތް ފަށައިފި، އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފަ
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ބީއެމްއެލް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ޝެއިން އަދި ތެމޫގެ ވިޔަފާރި ކުރާއިރު 30 ޕަސެންޓުގެ ފީއެއް ދެން