މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައެޅި ހިލޭ އެހީގެ އަދަދު މަދުކޮށްފި އެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ. އެގޮތުން ނިމިގެން މިދާ މާލީ އަހަރު އިންޑިއާއިން އެންމެ ފުރަތަމަ ލަފާކުރި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ 48.1 މިލިއަން ޑޮލަރެވެ. ނަމަވެސް އިސްލާހު ތަކާއެކު އެ އަދަދު ވަނީ 92.9 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓަރު ސީތާރަމަން މިއަދު ވަނީ އިންޑިއާގެ 2025-2024 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ބަޖެޓުގައިވާ ގޮތުން މި ހިނގާ މާލީ އަހަރު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) އެވެ. އެއީ ނިމެމުން މިދާ މާލީ އަހަރު ރާއްޖެއަށް ދޭން ކަނޑައެޅި މިންވަރަށް ވުރެ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
މި ހިނގާ އަހަރު އިންޑިއާ އިން އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމަކީ ބޫޓާނެވެ. ރާއްޖެއަކީ އިންޑިއާއިން ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭނެ ގައުމެވެ.
މީގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި މޮންގޯލިއާ އާއި ސީޝެލްސް އާއި މިޔަންމާ އާއި މޮރީޝަސްއަށް ވެސް އެހީ ފޯރުކޮށްދޭން އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި
މުސްލިމަކާ ދިމާލަށް ތިއީ ކާފަރެއް ބުނެވެނީ ރޯމާ ދުވާލު ފަދަ ވަރުގަދަ
ބަންޑުން ޖަހާލި ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި
އީސަބެގެ ހިތް އަދިވެސް އެއާޕޯޓުގައި, ހިލޭ ސާބަހަށް މަސައްކަތް ކުރަންވެސް ތައްޔާރު!
ވިނަރެސް ފްލެޓަކުން ޒުވާނަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ރޭޓު މިއިން ދުވަހަކުވެސް މަތިނުވާ ވަރަށް މަތިވެއްޖެ
ކަސްޓަމަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ލިބިފައިނުވޭ: އޮޑިޓް