ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި އެ ދެ ބޭފުޅުން ހޯއްދެވި ކާމިޔާބީއަށް އެ ބޭފުޅުން ނިސްބަތްވާ ދާއިރާގެ އެމްޑީޕީ ސަޕޯޓަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފައެވެ.
މެމްބަރު ސައުދު މިހާރު ފުރިހަމަ ކުރައްވަމުން އަންނަނީ މަޖިލީހުގެ ދެވަނަ ދައުރެވެ. އޭނައާ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅުންގެ ތެރޭގައި އެޓާނީ ޖެނެރަލ އޮފީހުގެ ކުރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަނާއި ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ފުއާދު ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީން ބުނީ މިއަދު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު ކަމަށެވެ.
މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވެފައިވާތީ މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ނެގި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް