ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ، ރޭ ދަންވަރު 00:44 ގައި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެގޮތުން އެ މީހާ ފެނިފައިވަނީ ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައި ކަމަށާއި މިހާރު އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެއީ ކޮން ގައުމެއްގެ ކޮން ޖިންސެއްގެ ބިދޭސީއެއް ކަމެއް އަދި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމެއް އަދި ސާފެއް ނޫނެވެ. އޭނާ ބްރިޖު މަތިން ފުންމާލީ ކީއްވެގެން ކަމެއްވެސް ފުލުހުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.


