މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.
ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔަން ފެށީ 11 އޮކްޓޯބަރު 2023 އިން ފެށިގެންނެވެ. އެ ފަހަރު ގުނޫތު ނާޒިލާ ކިޔަމުން ދިޔައީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހުރަކުއަތުގެ އިއުތިދާލުގަ އެވެ.
ނަމަވެސް އޭރު އޮތް އިސްލާމިކް މިނިސްޓްރީން 18 އޮކްޓޯބަރު 2023 އިން ފެށިގެން ފަރުޟު ފަސްނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އެންގުމުން، މިއަދާ ހަމައަށްވެސް ގުނޫތު ނާޒިލާ ދިޔައީ ކިޔަމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރު އަލީ އާސިފު ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާގައި ވަނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލަން މިސްކިތްތަކުގެ އިމާމުންނަށާއި މުދިމުންނަށް އަންގައިފަ އެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް