އަލަށް ފަށާ ހައުސިން މަޝްރޫއުތަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް 500 ޔުނިޓް ހާއްސަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހާއްސަ އިސްކަމަކާ ސަމާލުކަމެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ދައުރުގައި ދެއްވާނެ ކަމަށެވެ.
އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުރަތެއް މި އަހަރު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖުތަމައެއް ރާއްޖޭގައި އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.
”އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިދުމަތަށް ނެރޭނަން. މީގެ އިތުރުން ނަފުސާނީ އެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށްއެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހިކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށެވެ.
އަދި އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 500 ޔުނިޓް ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
މާތް ﷲގެ ވަލިއްޔުންގެ ދަރަޖައަކީ ނަބިއްޔުންނާއި ޝަހީދުންވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް ޔާމީން އެކަނި
އައްޑޫގައި މަރުވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މިއަދު
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް