ކުރިއަށް އޮތް ރޯދަމަސް ވެގެންދާނީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފުރަތަމަ ފަހަރަށް ރޯޑަ ހަދިޔާދޭ ރޯދަ މަހަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި ރިވެތި އަހުލާގާއި ސުލޫކު މުޖުތަމައުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އަލުން އުފައްދަވައި، މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިންގުނަ އިތުރުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ސަރުކާރު ހިންގުމާ ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅިން އަލަށް ހަ މިސްކިތެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1،000 ފަގީރުން މި ދައުރުގައި ހައްޖުވުމުގެ ފުރުސަތު ސަރުކާރުގައި ހަރަދުގައި ދޭންވީ ވައުދާ އެއްގޮތަށް މި އަހަރުތެރޭ 50 ފަގީރުންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.
އޭގެ އިތުރުން ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޭތިކުރާނެ ކަމަށްވެސް ވިދަޅުވި އެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ