ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ
ހައުސިން މިނިސްޓްރީގެ އެކްސް އެކައުންޓުގައި މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީ މީގެ ދެ ދުވަސް ކުރިން ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ހިންގި ތަހުގީގުގެ ތަފުސީލުތައް ހޯދަން އެދިފައިވާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެއްވެސް ތަފުސީލީ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން މި މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ. އެހެން ނަމަވެސް އެކަން ކުރެވޭނީ އެ ތަފްސީލްތައް އަޅުގަނޑުމެންނަށް ލިބުމުން،“ ހައިދަރު ވިދާޅުވި އެވެ.
އޭސީސީން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ހާމަކުރި ގޮތުން، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމައެއް ނުވެ އެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައި ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
އިންނަމާދޫގައި 50 ހައުސިން ޔުނިޓާއި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ހަދަނީ
ރައީސް މުއިއްޒުވަރުގެ ރައްޔިތުންނަށް އޯގާތެރި ވެރިއަކު ނުލިބޭނެ: ފަލާހު
މަޑުއްވަރިއަށް އުފުލަންދޫ، މީދުއަށް ތާވަތާ ދޭން ރައީސް ނިންމަވައިފި
މަރާލަން ހަމަލާދިން މީހުންނާ ދެކޮޅަށް ޝަމީމު ހެކިބަސް ދެއްވައިފި
ފާލު ބަލައި ރޫހާނީ ފަރުވާދެމުންދިޔަ ގްރޫޕު އަތުލައިގެންފި
ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި