ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓޯމްވޯޓާ ޖަކްޝަންތަކާއި ޑީވޯޓަރިން ޖަކްޝަންތަކުގެ ފްރޭމް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ކުރީ ސަރުކާރުގައި 20 ސެޕްޓެމްބަރު 2021ގަ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން 123 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަޝްރޫގެ ދަށުން 5.8 ކިލޯމީޓަރުގެ މަގުގެ ތާރު އަޅައި، މަގުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތި ޖެހުން ހިމެނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރީ ސަރުކާރުގައި ވަކި ހިސާބަކުން ހުއްޓިފައި އޮތް ނަމަވެސް، އާރުޑީސީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ އެ މަޝްރޫއުގެ މަސައްކަތް އަލުން ފަށައިފަ އެވެ.
މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އާރުޑީސީން މިއަދު ބުނީ، މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ހުރަވީމަގުގައި ސްޓޯމް ވޯޓާ ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
އާރުޑީސީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ހިމެނޭ ގޮތަށް، މަޑުޖެހިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ފަށައިފަ އެވެ.




ގުޅުންހުރި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ކޮންމެ ރަށަކުންވެސް މަޝްރޫއުތައް ނިމޭތަނާއި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ:
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ހުޅުމާލެ 3 ހިއްކަން ހަވާލުވާން އެމްއޭސީއެލް އިން އަނެއްކާވެސް އާ ކުންފުންޏެއް!
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ