ޖުލައި 2, 2024

“ ޕޮޓޭޓޯ ޗިޕްސް އަކީ ކާން ރަގަނޅު އެއްޗެއްތަ..؟ ”

“ ޕޮޓޭޓޯ ޗިޕްސް އަކީ ތިބާއަށް ކާން ރަގަނޅު އެއްޗެއްތަ..؟“ މި ސުވާލުގެ ޖަވާބުގައި ކަނޑައެޅިގެން ދަންނަވަންއޮތީ ނޫނެކެވެ.

ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމުކޮށް ކާންބޭނުންކުރާ ޗިޕްސް އާއި ބެހޭގޮތުން ބޮސްޓަންގެ ނިއުޓްރިޝަނިސްޓް ލައުރާ ހާޓުންގް ވިދާޅުވީ ”ގިނަ ޗިޕްތަކަކީ ނިއުޓްރިޝަނަލް ވެލިއުއެއް ނުލިބޭ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއްނޫންކަމަށެވެ. ކާއިރު އަގަޔަށް މީރުނަމަވެސް ޗިޕްސްއަކީ މައިގަނޑު ގޮތެއްގައި ފެޓް ފުރިފައިވާ ބާވަތެކެވެ.

ބަނޑުހައިހޫނުކަމަށް ނޫނީ އުފަލަށްކަށް ނަމަވެސް ޗިޕްސް ކާންބޭނުންވާ މީހުން މިއަދު ގިނަވެފައިވާއިރު ޗިޕްސް އަދި ބަތް ކާންދީގެން ޖަރުމަނުގެ ސައިންސްވެރިން ކުރި ދިރާސާއިން ހޯދިފައިވާ ގޮތުގައި ބަތް ކެއި މީހުންނަށް ވުރެ ޕޮޓޭޓޯ ޗިޕްސް ކެއި މީހުންގެ ސިކުނޑީގެ ރިވާޑް އެންޑް އެޑިކްޝަން އެކްޓިވޭޓް ވާލެތް މާބޮަޑަށް ވެސް ދައްވެއެވެ.. މީގެއިތުރުން ރަގަޅުކާނާ ކެއުމާއި ނިދުމާއި ދުވާލުގެ މަސައްކަތުގެ ހަރަކާތްތަކަށް މީޙާ ޒިންމާވާމިންވަރުވެސް ދައްކަމަށް ވަނީ ހޯދިހޯދުންތަކުން ބުނެދީފައެވެ.

ދެވަނަ ސުވާލަކީ ޗިޕްސްގެ ކިބައިގައި ރަނގަޅު އެއްވެސް ސިފަތަކެއް އެބަހުރި ހެއްޔެވެ؟ ޖަވާބަކީ ކުރީސުވާލެކޭ އެއްގޮތަށް “ ނޫނެކެވެ “ އެއީ ކްރިސްޕީ، ކްރަންޗީ، އަދި ހަގީގަތުގައި ވެސް ރަހަ ހުރި ލޮނުގަދަ ކެއުމެއް. އަގަޔަށް މީރުވެދާނެ. އެހެންނަމަވެސް އޭގެން ހަށިގަނޑަށް ލިބޭނެ އެއްވެސް ފައިދާއެއްނެތް،“ ލައުރާ ހާޓްންގ ވިދާޅުވިއެވެ.

މީގެ އިތުރުން ހާރޓަންގް ވިދާޅުވަނީ، ސިއްހަތަށް ފައިދާހުރި ކާނާއެއްގެ އިތުރުން، ބައެއް މުނާސަބަތުތަކުގައި ޗިޕްސް ކާނަމަ އެންމެރަގަޅީ އެއާއި އެކު ތަރުކާރީ، ނުވަތަ މޭވާ، ހިމަނާލުން ވަރަށް މުހިންމުކަމަށެވެ.  ހަމައެއާއިއެކު ކަސްރަތުކޮށް ބެލެންސް ޑޭއެއް ހޭދުމަކީވެސް ކުރަން މުހިންމުކަމެއްކަމަށް ހާޓްންގ ވިދާޅުވިއެވެ. އަދި އެއީ ރޭގަނޑު އެއްގޮތަކަށްވެސް ކާން ރަގަޅުއެއްޗެއްނޫންކަމަށްވެސް ހާޓްންގ ވަނީ ވިދާޅުވެފައެވެ.

ދެންއޮތް ސުވާލަކީ ޗިޕްސް އިން ސިއްހަތަށް އެއްވެސް ފައިދާހުރި ހެއްޔެވެ.؟ ޖަވާބަކީ.. ބޭކްޑް ވެޖީ ޗިޕްސް ނުވަތަ ހޯލް ގްރޭން ކްރޭކާސް އަކީ ސްޓޭންޑަޑް ޗިޕްސްގެ ބަދަލުގައި ކެއުމަށް އެންމެ ރަނގަޅު އެއްޗެއް ކަމަށެވެ. އަދި ރިދަމް ސުޕަފުޑް ބީޓް ޗިޕްސް އާއި ބްރެޑްގެ ވެޖީ ޗިޕްސް ކަމުދާއިރު، މި ދެ ޗިޕްގައި ވެސް ހަގީގީ ތަރުކާރީ ވަނީ އެކުލެވިފައެވެ. އޭގައި ތަރުކާރީގެ ފޭކް ޕައުޑަރުތަކެއް ހިމެނިފައިނުވެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން މިދެބާވަތުގެ ކްރަންޗް އިންވެސް ލިއްބައިދޭތީއެވެ.

ޕޮޓޭޓޯ ޗިޕް ގަންނައިރު، ޔަޤީންކުރުން މުހިންމު ބައެއްކަންކަން

  • އާޓިފިޝަލް ފްލޭވާ، (ކުލަ އަދި ސްވީޓްނާ) ފަދަ ބާވަތްތަށް ހިމެނިފައިވޭތޯބެލުން.
  • އުގެނުމާއި ވިސްނުންކޮށިވާފަދަ އެއްވެސް މާއްދާއެއް އެކުލެވިފައިވޭތޯ ބެލުން
  • ހަކުރު ނުވަތަ ލޮނު މަދު (ނުވަތަ އެއަށްވުރެ ރަނގަޅު އެހެންމާއްދާއެއް) ހިމެނިފައިވޭތޯ ބެލުން.

 

Leave a Reply