ޖުލައި 6, 2024

ރަސްމީ ދަތުރެއްގައި ރައީސް ޔޫއޭއީއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި މާދަމަ ޔޫއޭއީ އަށް ފުރާ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސްގެ މި ދަތުރަކީ ވޯލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ. އެ ސަމިޓް ކުރިއަށް ދާނީ މި މަހުގެ 12 އިން 14 އަށް ދުބާއީގަ އެވެ.

މި ދަތުރުގައި ރައީސާއި އެކު ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 15 ގަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ކޮޕް-28 ގައި ބައިވެރިވަޑައިގަތުމަށް ވެސް ރައީސް ޔޫއޭއީ އަށް ވަޑައިގެންނެވި އެވެ. އެ މަނިފާނު އެންމެ ފަހުން ރަސްމީ ދަތުރެއްގައި ވަޑައިގެންނެވީ މިދިޔަ މަހުގެ ކުރީކޮޅު ޗައިނާއަށެވެ.