ސެޕްޓެމްބަރ 23, 2024

އިލްހާމް އެމްޑީޕީ ޓިކެޓުގައި ފުނަދޫ ދާއިރާއަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ދެ ދައުރު މެމްބަރުކަން ކުރެއްވި އިލްހާމް އަހުމަދު, މި އަހަރުގެ އިންތިހާބުގައި, އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

‎މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގައި އެ ދާއިރާ މިހާރު ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދުކުރައްވަނީ އިލްހާމަށެވެ.

‎އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ޑީއާރުޕީގެ ފަރާތުން ގެމަނަފުށީ ދާއިރާގެ ގޮނޑިއަށް އިންތިހާބުވި އިރު، ދެން އަދާކުރެއްވީ ދަނގެތީ ދާއިރާގެ މެންބަރުކަމެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައެވެ. އޭނާ ވަނީ 2016 ވަނަ އަހަރު, މަޖިލީހުގެ އެންމެ މުހިއްމު އެއް ކޮމިޓީ ކަމަށްވާ އިގުތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވައިފައެވެ.

‎އިލްހާމަކީ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑީއާރްޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވިއެވެ.

‎އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމާއި, އެމަނިކުފާނުގެ ސްޕެޝަން އެންވޯއީކަން ވެސް ކުރައްވައިފައެވެ.

‎ސިޔާސީ ދާއިރާގެ އިތުރުން އިލްހާމް ވަނީ ޓެލެވިޒަން މޯލްޑިވްސްގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވައިފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމްގެ ރައީސްކަން ކުރެއްވިއެވެ.

Leave a Reply