ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި ގާއިމުކޮށްފައިވާ އާރުޑީސީގެ ސައިޓުގައި ކުރިއަށްދާ މަސައްކަތްތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު ބައްލަވާލައްވައިފި އެވެ.
އެ މަޝްރޫއުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު, އެމްޑީ ޒުހައިރު މިއަދު ވަނީ އެ މަޝްރޫއުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުއަކީ ކުރީ ސަރުކާރުގައި 2 އޭޕްރިލް 2023 ގައި އާރުޑީސީއާ ހަވާލުކުރި މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ހަވާލުކުރީ 102 މިލިއަން ރުފިޔާއަށެވެ.
ޕްލޭނިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުން މި މަޝްރޫއުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް, މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.


ގުޅުންހުރި
72 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލަ: ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން
ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ”އިނދެގެން“ އުޅޭ މައްސަލައެއް!
އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ.
އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން
އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް
ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް: