މާލޭގައި އެކަނިވެސް ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް އެބަހުރި ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ
ހޯމްލޭންޑް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ މުއައްސަސާތަކުން އިސްކަންދަރު ކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސެލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ 111 ތަނެއް ފާހަގަވެފައިވާ ކަމަށެވެ.
އެ ތަންތަނުގައި ހަށިވިއްކުމަށްޓަކައި ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް ބޭނުންކުރާ ކަމަށާއި އެފަދަ މީހުން ވަގުތުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ ތަންތަނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހަށިވިއްކުމުގެ ބައެއް މައްސަލައާއި އިންސާނީ ވަގުފާރީގެ މައްސަލަތަކާވެސް ގުޅޭ ކަމަށާއި އެކަމުގައި އުޅޭ ބިދޭސީ ބައެއް ރިންގުތައްވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭގެން ރިންގެއްގެ އިސް މީހަކު މިދިޔަ މަހު ޑީޕޯޓްކުށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
ކުދިންނަށް ބުލީކުރުމަށް ހިންގާ ޕޭޖުތަކެއް ފުލުހުން ބްލޮކްކޮށްފި
ކައުންސިލުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރިތާ ހަ މަސްތެރޭ އެއްބަސްވުން ބާތިލުކޮށްފި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި
ކަރެކްޝަންސްއާ ހަވާލުކުރަން ވެގެން ކުޅުދުއްފުށި އެއާޕޯޓު މެނޭޖަރު ހައްޔަރުކޮށްފި
ރައީސްގެ ޕޮޑްކާސްޓުތައް މަޑުޖެހިއްޖެ، މިދިޔަ މަހު އެއްވެސް އެޕިސޯޑެއް ނުދައްކާ