މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފާތިމަތު ދިޔާނާ މިއަދު އައްޔަންކޮށްފި އެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މިދިޔަ 133 އަހަރުވީ ދިގު ތާރީހުގައި އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ކަސްޓަމްސްގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް، ބާރުވެރިކުރުވުމަށް އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެ އެވެ.
ކަސްޓަމްސް އަށް މިދިޔަ 23 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ދިޔާނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، ދިޔާނާ ވަނީ މިދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެ އިދާރާއަށް ވަރަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އެއީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.

ގުޅުންހުރި
ވޭޕް އެތެރެކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދޭނެ ކަމެއް ބުއްދި ގަބޫލެއް
ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފިން:
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ދެ މީހުން ދޫކޮށްލައިފި
ވައިގެ މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ސާމާނު އަތުލައިގެންފި
ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފި