ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފުރޮޅާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމު ވިދާޅުވީ، ވެރިކަމެއް ޒިންމާދާރު ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް ކުޅޭ ކުޅިވަރަކަށް ހަދައިގެން، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް މަޝްވަރާ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
”އަޅުގަނޑު ދަންނަވާނީ މަނިކުފާނާއެކު އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަމާއެކުއޭ އިންޝާﷲ. މަނިކުފާނުގެ ވެރިކަން ގާނޫނާ ހިލާފަށް ފުރޮޅައެއް ނުލެވޭނޭ އިންޝާﷲ. ކުޅޭ ކުޅިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނޭ އިންޝާﷲ. އެކަން ކުރަންޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަނާރު ބުރިކޮށްލާފައޭ އިންޝާﷲ. އެ ނޫން ގޮތަކަށް އެކަން ނުކުރެވޭނޭ،“ ޝަހީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވި ވަގުތަކީ ރާއްޖެއަށް ވަރަށް ހައްސާސް ވަގުތެއް ކަމަށެވެ. އެގޮތުން އިގުތިސާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން ރާއްޖެ ސަލާމަތްކޮށް، މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ގައުމު ސަލާމަތްކޮށް އަމާން ބަނދަރަކަށް ގެއްދިއުމަށް އެ މަނިކުފާނު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
”އެ މަނިކުފާނުގެ ވެރިކަމަށް 14 ހަފުތާ ނުވަނީސް އެތެރެއާއި ބޭރުން ގޮންޖެހުން ކުރިމަތިކުރުވައި، މި ވެރިކަން ފުރޮޅާލުމަށްޓަކައި ދޮގު ވާހަކަ ފަތުރަމުންދަނީ،“ ޝަހީމު ވިދާޅުވި އެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި