މީހެއްގެ ފޯނު ކޮމްޕްރޮމައިޒް ކުރުމަށް ފަހު އޭނާގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެ ފައިސާގެ ބޮޑު ބައެއް ހޯދައިފި އެވެ.
އިސްކަންދަރުކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ މަހު ފެންމަތިވި އެ މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ.
އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަން ކުރުމުގައި 16 އަހަރުގެ ކުއްޖަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މަރަކާ ހީލަތުން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ދެ އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައެއް މި މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
”އެ މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާސިޝަންތައް ހިންގާފައިވާ ބޭންކުތަކާ ވަގުތުން ކޯޑިނޭޓް ކުރެވި އަދި ކުރެވުނު މަސައްކަތުން މި 48 ގަޑިއިރު ތެރޭގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 98 ޕަސަންޓް ވަނީ ރިކަވާ ކުރެވިފައި،“ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ރިކަވާ ކުރެވިފައިވަނީ 1.67 މިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 1.3 މިލިއަން ރުފިޔާ ހުރީ އެކިއެކި ބޭންކުތަކުގައި ފްރީޒްކޮށްފައި ކަމަށެވެ.




ގުޅުންހުރި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި